މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 13 ވަނަ އަހަރީ ދުވަހާއި ގުޅިގެން، ޖުމްހޫރީ ޕާޓީގެ ފަރާތުން އެމްޑީޕީ އަށް ތަހުނިޔާ ފޮނުވައިފިއެވެ.
ޖޭޕީގެ ބާނީ ޤާސިމް އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އަހަރި ދުވަހުގެ ތަހިނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހިމް ގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވެސް ވަނީ އެމްޑީޕީ އަށް ތަހުނިޔާ ފޮނުވާފައެވެ. އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެޕާޓީގެ އިސްބެފުޅުންނާއި މެމްބަރުންނަށް ތަހުނިޔާ ފޮނުވާ ކަމަށެވެ.