މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ބޮޑުތަކުރުފާނު ތާރު އެޅި ސަރަޙައްދުގައި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި އެކަކުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
އެރޭ މެންދަމު 00:05 ހާއިރު އެސަރަޙައްދުގައި ދެ ސައިކަލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އެކްސިޑެންޓުގައި ޒަހަމްވެ ހާލު ސީރިއަސްވީ މީހާއަށް އޭޑީކޭ ހޮސްޕިޓަލުން މިވަގުތު ފަރުވާ ދެމުންދާއިރު، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓުގައި އިތުރު ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުން ކަމުގައިވީ ނަމަވެސް، އެތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށާއި ފަރުވާ ދިނުމަށްފަހު އެމީހުން ދޫކޮށްލެވިފައިވާކަން އެނގިފައިވެއެވެ.