ފަރިތަކުރުންތަކަށް ރަންވޭ ބަންދުކުރި ނަމަވެސް އެހެން އޮޕަރޭޝަންސްތައް ކުރިއަށް ދާނެ: އެމްއޭސީއެލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ފަރިތަކުރުންތަކަށް ރަންވޭ ބަންދުކުރި ނަމަވެސް އެހެން އޮޕަރޭޝަންސްތައް ކުރިއަށް ދާނެ: އެމްއޭސީއެލް

ފަރިތަކުރުންތަކަށް މިއަދު ހަވީރު 4:00 އިން ރޭގަނޑު 7:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބަންދުކުރި ނަމަވެސް އެހެން އޮޕަރޭޝަންސްތައް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލް އެވެ.

ޙަސަން ޢަރީފް މިއަދު ވިދާޅުވީ ޗެކިންގ ކުރުމާއި އެހެންވެސް ޚިދުމަތްތައް ޢާންމު އުޞޫލުން ކުރިއަށް ގެންދެވޭނެ ކަމަށާއި 7:00 ޖެހުމާއިއެކު ފްލައިޓްތަކުގެ އޮޕަރޭޝަންސްތައް ފެށިގެންދާނެ ކަމަށެވެ.

"ބައެއް މީހުންނަށް ހީވެގެން އުޅެނީ މުޅި އެއާޕޯޓޗ ބަންދުކުރަނީ ކަމަށް. ނަމަވެސް 3 ގަޑިއިރަށް ބަންދުމިކުރަނީ ހަމައެކަނި ރަންވޭ. އެހެން ޚިދުމަތްތައް ހަަމ ޢާންމު އުޞޫލުން ކުރިއަށް ގެންދެވޭނެ. ޗެކިންވެސް ކުރެވޭނެ." ޙަސަން ޢަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން