އެމްޕީ ފާރިސް ގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް

ކިޔުމަށް ހޭދަވާނީ 50ސ
އެމްޕީ ފާރިސް ގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގައި، އެމަނިކުފާނުގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިރޭ ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

ފާރިސް ބައިވެރިވި ޕްރެސް ކޮންފެރެންސެއްގައި ޕީޕީއެމް ގެ ދިދަ ބޭނުން ކުރި ކަމުގެ މައްސަލައިގައި މިރޭ އެމްޕީ ފާރިސްގެ މައްޗަށް ހުކުމް ކޮށްފައިވާއިރު، ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު އޮންނެވީ މިމައްސަލައިގެ އިތުރުން އެހެން މައްސަލަތަކެއްގައި ވެސް ޖަލުގައި ބަންދުކުރެވިފައެވެ.

ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގެ އިތުރުން އެމްޕީ ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާގެ އިތުރުން ސަރުކަރު ވައްޓާލަން އުޅުންކަމުގެ ދައުވާއެވެ.
މިއަދު އޮންލައިން