ދީ އާއި ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އައްޔަނު ކުރުމަށް ރުހުން ދީފި

ކިޔުމަށް ހޭދަވާނީ 34ސ
ދީ އާއި ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އައްޔަނު ކުރުމަށް ރުހުން ދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި އަބްދުލް ޣަނީ މުޙައްމަދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ރުހުން ދީފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ދީދީ އާއި ޣަނީ ހަމަޖެއްސުމަށް ރުހުން ދީފައިވަނީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 36 މެމްބަރުންގެ ވޯޓުންނެވެ. އެވޯޓުގައި ބައިވެރިވީ ޕީޕީއެމް އެމްޑީއޭ ކޯލިޝަނުގެ މެމްބަރުންނެވެ.

މިމަގާމަށް އެދެބޭފުޅުން އައްޔަނު ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ލަފާދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުވާލެއްވުމުންނެވެ.
މިއަދު އޮންލައިން