ފާރިސް މައުމޫނަކީ ޕީޕީއެމްގެ މުއައްސިސް- މަހްލޫފް

ކިޔުމަށް ހޭދަވާނީ 1މ 2ސ
ފާރިސް މައުމޫނަކީ ޕީޕީއެމްގެ މުއައްސިސް- މަހްލޫފް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސަކީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކަމަށާއި ފާރިސް މައުމޫނަކީ ޕީޕީއެމް ގެ މުއައްސިސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.



މަޙްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްއަކީ އެމަނިކުފާނުމެން އުފެއްދެވި ޕާޓީއެއް ކަމަށާއި، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫނު ކަމާއި ފާރިސް މައުމޫނަކީ އެޕާޓީގެ މުއައްސިސް ކަމުގައެވެ.



މަޙްލޫފް މިހެން ވިދާޅުވެފައިވަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް، ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގައި އެމަނިކުފާނަށް މިރޭ ކްރިމިނަލް ކޯޓުން އިއްވެވި އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމަށް ފަހުއެވެ.

ފާރިސް މައުމޫން ވަގުތުން ވަގުތަށް މިނިވަން ކުރެއްވުމަށް ވެސް މަޙްލޫފް ގޮވާލައްވާފައިވެއެވެ.

މިއަދު އޮންލައިން