އިދިކޮޅު ކޯލިޝަނުގައި ހިމެނޭ 4 ޕާޓީއަކީ ތަފާތު ފިކުރުތަކެއް އަދި ތަފާތު ވިސްނުންތަކެއް ކަމަށާއި ޚިޔާލު ތަފާތުވެ އެއްބައަކު އަނެއް ބައަކަށް މީޑިއާގައި ބަހުގެ ހަމަލާދީ ރައްޔިތުން މާޔޫސްކުރުވުމަށްވުރެ ޕާޓީތަކުން ވަކިން ވާދަކުރުން މާބުއްދިވެރި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިމޭރުމުން ވިދާޅުވެފައި މިވަނީ އިދިކޮޅު ބައެއް ފަރާތްތަކުން ޚިޔާލު ތަފާތުވެ ވަގު އެކައުންޓްތައް ހަދައިގެން ވެސް އެހެން ޕާޓީތަކަށް ފުރައްސާރަުރުމާއި މަލާމާﷲތްކުރުމުގެ ބަސްތައް ރައްދުކުރަމުން ގެންދާ ވަގުތެއްގައެވެ.
މަަޚްލޫފް އިތުރަށް ވިދާޅުވެފައިވަނީ އެއްބުރުން ވިޔަސް ދެބުރުން ވިޔަސް އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ބަލިކުރައްވާނަން ކަމަށެވެ.
"ކޯލިޝަނުގެ 4 ޕާޓީއަކީ ތަފާތު ފިކުރުތަކެއް/ވިސްނުންތަކެއް. ޚިޔާލު ތަފާތުވެ އެއްބައަކު އަނެއް ބައަކަށް މީޑިއާގަ ބަހުގެ ހަމަލާދީ ރައްޔިތުން މާޔޫސްކުރުވުމަށްވުރެ ޕާޓީތަކުން ވަކިން ވާދަކުރުން މާބުއްދިވެރި. އެއްބުރުން ވިޔަސް ދެބުރުން ވިޔަސް އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ބަލިކުރާނަން."
Coalition ge 4 party akee thaafaathu Fikuruthakeh/Visnunthakeh.Khiyaalu thafaathuve ehbayaku anehbayakah media ga bahuge hamalaa dhee rayyithun maayoos kurumahvure,Party thakun vakivakin vaadha kurun maa buhdhiveri.Ehburun viyas dheburun viyas iraadhakureviyya Yameen balikuraanan
—