ފިރިމީހާގެ ދުލުން އެކަމެއް ކުރުމުން ވަރިވާނެކަމަށް ބުނެފައިވާ ކަމެއް އަނބިމީހާ ކޮށްފިނަމަ ވަރިވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ފިރިމީހާގެ ދުލުން އެކަމެއް ކުރުމުން ވަރިވާނެކަމަށް ބުނެފައިވާ ކަމެއް އަނބިމީހާ ކޮށްފިނަމަ ވަރިވާނެ: ޑރ. އިޔާޟް

"ވަރިއަކީ ކުޅޭކުޅޭ އެއްޗެއް ނޫނެވެ. ވަރިއަކީ ތިމާގެ ރުޅި ކޮންޓްރޯލްކުރަން ގެންގުޅޭ ހަތިޔާރެއް ވެސް ނޫނެވެ. ފިރިމީހާގެ ދުލުން އެކަމެއް ކުރުމުން ވަރިވާނެކަމަށް ބުނެފައިވާ ކަމެއް އަނބިމީހާ ކޮށްފިނަމަ ވަރިވާނެއެވެ. އަނިބީމާއަށް (ފިރިމީހާ އެހެން ބުނި) އަޑު އިވިފައި ނުވި ނަމަވެސް (ވަރިވާނެ)އެވެ."

3ފަށް ވެފައިވާނަމަ ދެ މީހުންވެސް އެހެން މީހަކާއި ކައިވެނި ކުރަންވާނީ ދިރިއުޅުމުގެ ނިޔަތުގައެވެ. ކައިވެންޏަށްފަހު ރީތިކޮށް ދިރިއުޅެންވީއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު "ވަރި" މިލަފުޒު ދުލަށް ނުގެންނަންވީއެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

(މިބަސްފުޅުން އެނގެނީ (ދިވެހިން ކޮށްއުޅޭ ފަށްކަނޑާ ކައިވެނި ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫންކަމެވެ. 3 ފަށްވުމުން އެހެން މީހަކާއި ކައިވެނިކުރަންޖެހޭނީ ދިރިއުޅުމުގެ ނިޔަތުގައި އަދި އެ މަޤްޞަދުގައި ކަމެވެ.)

ކަންކަން ކުރުމާއި ވަރި އާއި އެޅުވުމަކީވެސް ބައެއް ފިރިހެނުން ވަރަށް ގިނައިން ކުރާ ކަމެކެވެ. ގިނަ ފަހަރަށް އެފަދަ ބަސްތައް ބުނަނީ އަނބިމީހާ ބްލެކްމޭލް ކުރުމަށެވެ. ބްލެކްމޭލް ކުރުމާއި އަޅުވެތިކުރުވުމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ.

ދެމަފިރިންގެ މެދުގައި އުފެދޭމައްސަލަތައް ޙައްލުކުރަން ަމަލުކުރަންޖެހޭ ގޮތްތަށް އިސްލާމްދީނުގައި ވަރަށް ސާފުކޮށް ބަޔާންވެގެންވާއިރު އެއިގެ ތެރޭގައި މުޅިންވެސް ހުރީ އޯގާތެރިވުމާއި ތެދުވެރިވުމާއި އިޚްލާޞްތެރިވުން ފަދަ ރިވެތި ސިފަތަކެވެ. މަޝްވަރާގެ ރިވެތި އުޞޫލުން ކަންކަން ނިންމުމެވެ.



މިއަދު އޮންލައިން