އިންތިޚާބުގެ ކަންކަން ވީހާ އަމާންކޮށް ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރާނެ: އޭސީޕީ ނަވާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިންތިޚާބުގެ ކަންކަން ވީހާ އަމާންކޮށް ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރާނެ: އޭސީޕީ ނަވާޒް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންކަން ވީހާ އަމާންކޮށް ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރާނެ ކަމަށް އޭސީޕީ ޢަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ޢަބްދުﷲ ނަވާޒް ވިދާޅުވީ މިއަދު ސޮއިކުރި ފަހުމް ނާމާގައި އެންމެ ބޮޑަށް ސަމާލުކަންދީފައި އޮންނާނީ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށިތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ހިނގައިފާނެ ކަންކަން ބެލެހެއްޓުމާއިއެކު ރަށްރަށުގެ ސަލާމަތީ ކަންކަން ބެލެހެއްޓޭނެ ގޮތަކަށް ފުލުހުންގެ ކަންކަން ތަރުތީބުކުރުން ކަމަށެވެ.

ނަވާޒް ވިދާޅުވީ އިންތިޚާބުގެ ކަންކަން ވީހައި އަމާންކޮށް ކުރިއަށްދާނ ކަމަށް އުންމީދުކުރައްވާ ކަމަށާއި ނަމަވެސް ކަމެއް ކުރިމަތިވެއްޖެނަމަ ފުލުހުން އަމަލުކުރާނެ ގޮތް ފަހުމްނާމާގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ނަވާޒް ވިދާޅުވީ އިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާން ކަމާއިއެކު ނިންމައިލުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ބޭނުންވާ ކަމަށާއި އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ޤަވާއިދުތަކުގެ ތެރެއިން ކުރިއަށް ގެންދާ އެއްވެސް ކަމަކަށް ފުލުހުން ހުރަސް ނާޅާނެ ކަމުގެ ޔަޤީންކަން ވެސް ނަވާޒް ވަނީ ދެއްވައިފައެވެ.
މިއަދު އޮންލައިން