މެލޭޝިއަން އެޑިޔުކޭޝަން އެކްސްޕޯ 2018 ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
މެލޭޝިއަން އެޑިޔުކޭޝަން އެކްސްޕޯ 2018  ފަށައިފި
އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާރވިސަސް (އީ.އެމް.ޖީ.އެސް) އާއި ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ޑީ.އެޗް.އީ) ގުޅިގެން ބާއްވާ މެލޭޝިއަން އެޑިޔުކޭޝަން އެކްސްޕޯ 2018 މިއަދު ފަށައިފިއެވެ. ޖޫން މަހުގެ 28 އަދި 29 ގައި ނެޝަނަލް އާރޓް ގެލަރީގައި ބާއްވާ މި ފެއަރ ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. އަބްދުﷲ ނަޒީރުއެވެ.އަދި މި ފެއަރގެ ދެވަނަ ބައި 1 ޖުލައި 2018 ވާ އާދިއްތަ ދުވަހު ސ. ހިތަދޫ ނޫރާނީ ސްކޫލްގައި ބޭއްވޭނެއެވެ.

މި ފެއަރގައި އީ.އެމް.ޖީ.އެސް އާއި ޑީ.އެޗް.އީގެ އިތުރުން މެލޭޝިއާގެ 15 ޔުނިވަރސިޓީއިން ބައިވެރިވެއެވެ. މިއީ މެލޭޝިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވާފައިވާ 500 ސްކޮލަރޝިޕް އިޝްތިހާރުކުރުމުގެ ދެވަނަ ބުރެވެ. މި ފެއަރގައި ޔުނިވަރސިޓީތަކުން ލިބެންހުރި ކޯސްތަކާއި ބެހޭ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝަން ފޯމު ފުރުމާއި، ވަގުތުން ޕްލޭސްމެންޓް ހަމަޖައްސައިދިނުމާއި މެލޭޝިއާގެ ސްޓްޑަންޓް ވިސާއާއި ބެހޭ މަޢުލޫމާތު ބެހޭ މަޢުލޫމާތު ދިނުމާއި، ޑީ.އެޗް.އީ އިން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ދޭނެއެވެ.

މި ފަދަ އެހެން ފެއަރއެއް 28، 29 ޖެނުއަރީ 2018 ގައި ދަރުބާރުގޭގައިވެސް ވަނީ ބާއްވައިފައެވެ.
މިއަދު އޮންލައިން