ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން ރިސޯޓްތަކަށް އަމާޒުކޮށް ބޭއްވި ފުރަތަމަ ހަފްލާ މިއަދު ބީއެމްއެލްއިންކުރުނބާ މޯލްޑިވްސްގައި ބާއްވައިފިއެވެ. މި ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓްތަކުގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
ބްރާންޗު ޚިދުމަތްތަކާއި ކާޑު އަދި އޮންލައިން ބޭންކިންގ ޚިދުމަތްތައް ހިމެނިގެން ރިސޯޓްތަކަށް ބީއެމްއެލް އިން ފޯރުކޮށް ދެމުންދާ ބޭންކިންގ ޚިދުމަތްތައް މިހަފްލާގައިދައްކުވައިދެވުނެވެ. މީގެ އިތުރުން މުޅިން އާ ޚިދުމަތެއްކަމަށްވާ އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ގެ ޚިދުމަތް ވެސް ދައްކުވައިދިނެވެ. މި ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ ޚިދުމަތެކެވެ. މޮބައިލް ފޯން މެދުވެރިކޮށް ލިބޭ މި އިޖާދީ ޚިދުމަތް ރަސްމީކޮށް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާ ތެރޭގައެވެ.
ބީއެމްއެލް އިން ފަތުުރުވެރިކަމުގެ ދާއިރާ އާ މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޮތް ގާތް ގުޅުމާ އަދި ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތައްތަކަށް މިހަފްލާގައި އަލިއަޅުވައިލެވުނުވެ. މިގޮތުން ރިސޯޓްތަރައްޤީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ރިސޯޓްތަކުގެ އޮޕަރޭޝަންސްގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައިވެސް ހާއްސަވެގެންދާ ބޭންކަކީ ބީއެމްއެލް އެވެ. ބީއެމްއެލްގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ މުޅި ރާއްޖޭގައި ގާއިމްކޮށްފައިވާ ފުޅާ ބްރާންޗް ނެޓްވާރކް، އެޖެންޓުން، އަދި އޭޓީއެމް މެދުވެރިކޮށް އެ ބޭންކުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި އިންޓަރނެޓް ބޭންކިންގ، ކާޑު، ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކާއެކު ފުރިހަމަ ބޭންކިންގ ޚިދުމަތެއް ރިސޯޓްތަކަށް ދެމުންދާ ހަމައެކަނި ބޭންކަކީ ބީއެމްއެލް އެވެ. އަދި މީގެ އިތުރުން ކޮންމެ ރިސޯޓެއްގެ ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން މުޢާމަލާތްކުރުމަށްޓަކައި ރިލޭޝަންޝިޕް މެނޭޖަރެއް ކަނޑައެޅިފައިވާކަން ބޭންކުންވަނީ ހާމަކޮށްފައެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "ރިސޯޓްތަކަށް ހާއްސަކޮށްގެން ބޭއްވޭ މި ހަފްލާގައި ގިނަ ބޭފުޅުންނާ ބައްދަލުވެގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ތި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ބޭންކް އޮފް މޯލްޑިވްސް އާ އެކު ވަރަށް ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފަ. މި މުއްދަތުގައި ތިޔަ ބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެއްވުމުގެ އިތުރުން ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް މިވަނީ ވަރަށް ބޮޑުކުރިއެރުންތަކެއް ހޯއްދަވާ ދެއްވާފަ. އާދެ، އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް އޮންލައިން މަނީ ޓްރާނސްގެ ޚިދުމަތާ ގުޅޭ މައުލާމާތު ތިޔަ ބޭފުޅުންނާ ޙިއްސާކޮށްލެވޭ ކަމީ އަޅުގަނޑެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ނަމަވެސް އަޅުގަނޑުމެން އެންމެ މުހިންމުކަމެއް ގޮތުގައި ދެކެނީ ތިޔަ ބޭފުޅުންގެ ވިޔަފާރީގެ އަގުވަޒަންކުރުމަށް. އަދި މިރޭ ހަފްލާގައި ތިޔަ ބޭފުޅުންގެ ރިސޯޓަށާއި މުވައްޒަފުންނަށް އިތުރު ފުރިހަމަ ގޮތެއްގައި ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއްގެ މައްޗަށް އަލިއަޅުވާލެވިގެންދާނެ." ކަމަށެވެ.
މުޅިރާއްޖެހިމެނޭބޭންކިންގވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސަރވިސްބޭންކިންގސެންޓަރ، 95 އޭޓީއެމް، 5000 ޕީއޯއެސްމަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ , އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.