ފާރިސް ގެ ބަންދާއިމެދު އިނގިރޭސި ސަފީރު ކަންބޮޑުވުން ފާޅު ކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ފާރިސް ގެ ބަންދާއިމެދު އިނގިރޭސި ސަފީރު ކަންބޮޑުވުން ފާޅު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަށް، ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާއި ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.



އެމްޕީ ފާރިސް އަށް ހުކުމް އިއްވުމާއި ގުޅިގެން ޑޯރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް ކަމަށްވާ ފާރިސް މައުމޫން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމުގެ ސަބަބުން އިއްޔެ ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ހުކުމް އިއްވާފައިވަނީ އިންތިހާބަށް އެންމެ ތިން މަސް ދުވަހަށްވެފައި ވަނިކޮށް ކަމަށެވެ.



މީގެ އިތުރުން ޑޯރިސް ވިދާޅުވީ ރާއްޖޭގެ ފުލުހުންނާއި ޕްރޮސެކިއުޓަރުންނާއި ފަނޑިޔާރުން ޑިމޮކްރަސީގެ ޤަވާއިދުތައް ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިއަދު އޮންލައިން