ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ ޤާނޫނީ ޓީމްގައި ހިމެނި ވަޑައިގަންނަވާ ޤާނޫނީ ވަކީލު، މަހްފޫޒު ސައީދުގެ ސަސްޕެންޝަން ފުލުހުން މިއަދު އުވާލައިފިއެވެ.
މަހްފޫޒް ސައީދު ސަސްޕެންޑް ކޮށްފައިވަނީ އުސޫލާއި ޚިލާފަށް އޭނާ އަމަލު ކުރައްވާ ކަމަށް ބުނެ މިދިޔަ މާރޗު މަހުގައެވެ.
ރައީސް ނަޝީދާއި އަދީބުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިތުރުން، މަހްފޫޒް ސައީދަކީ ސިޔާސީ އިތުރު ބައެއް ބޭފުޅުންގެ ޤާނޫނީ ޓީމުގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.