ޢައިޝާ މިއަދު ކުރެއްވި ޓްވީޓްގައި ވަނީ "ކޯލިޝަނުގެ ސިންގަލް ކެންޑިޑޭޓަކީ ރައްޔިތުން އެދޭ ބަދަލު. ޖޭޕީ މިމަގުން ކުރިއަށް ދިއުމަކީ ރައްޔިތުންގެ އެދުން. އިން ޝާ ﷲ ޖޭޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން އޮތް ގޮތަށް، ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތް ކުރުމުގަ." ކަމަށެވެ.
އިދިކޮޅު 4 ލީޑަރުންގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނު ދުވަހުން ފެށިގެން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރަން 1 ކެންޑިޑޭޓަކު ނެރުމުގެ މުހިންމުކަމަށް 4 ލީޑަރުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ. އެއިރު ޖަލު ބަންދުގައި ތިއްބެވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. ކޯލިޝަނުގެ ލީޑަރުންގެ މެދުގައި އެއްބަސްވެވި މަސައްކަތް ފެށުމާއިއެކު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޕީޕީއެމްގެ ރައީސް، ރައީސް މައުމޫނުގެ މައްޗަށް ވެސް މިހާރު ވަނީ ޖަލަށް "ޙުކުމެއްކޮށް" ފައެވެ.
އިދިކޮޅު ކޯލިޝަނުގެ ޢާންމު މެންބަރުންވެސް އަދި އިސް އޮފިޝަލުންވެސް ބޭނުންވަނީ މަޝްވަރާކޮށްގެން ކޮންމެ ގޮތަކުން ނަމަވެސް އެއް ކެންޑިޑޭޓަކު ނެރޭށެވެ. ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު އެންމެ ފަހުންވެސް ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމަށާއި ބޮޑު ތަފާތަކުން ކޯލިޝަނުގެ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބުވެސް ކުރާނެ ކަމަށެވެ.
Coalition ge Single Candidate akee #RayyithunEdheyBadhalu JP Mi Magun Kuriyah Dhiumakee Rayyithun Ge Edhun.⁰InshaAllah JP Abadhuves Onnaanee Rayyithunaai Qaumuge Salaamaiy Kan Oiy Gothah, Aniyaa Verikamun Salaamaiy Kurumugai.⁰⁰@JPSecretariat @qasimibrahim
— Aishath Nahula (@aishath_nahula) June 29, 2018