ޤާސިމް އިބްރާހީމް މިކަން ހާމަކުރައްވާފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ޤާސިމް އިބްރަހީމް އަކީ ސިޔާސީ ކޮންމެ ކަމެއްގައިވެސް އެންމެ ބޮޑު އިސްކަން އިސްލާމް ދީނަށް ދެއްވައިގެން ކަންކަން ނިންމަވަމުން ގެންދަވާ ލީޑަރެކެވެ. މިހާރު އަމަލުކުރާ ފެހި ޤާނޫނު އަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށްވެގެންކަމަށް ބަޔާންކޮށްފައިވާ މާއްދާއަކީ ޤާސިމް އިބްރާހީމް އަމިއްލަފުޅަށް ޑްރާފްޓް ކުރައްވައި ހުށަހަޅުއްވައިގެން އެންމެ ފަހުވަގުތު ފާސްކުރައްވާފައިވާ މާއްދާއެކެވެ.
ފަހަކަށް އައިސް ރާއްޖޭގައި އުފެދުނު ތަފާތު އޮއިވަރުތަކާއިއެކު ވެސް ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމި އޮންނަމުން މިދަނީ އެ މާއްދާ ޤާނޫނު އަސާސީގައި އެގޮތަށް ބަޔާންކޮށްފައި އޮތުމުން ކަމަށް ޤަބޫލުކުރަން ޖެހެއެވެ.
ހަމަ އެއާއިއެކު ޤާސިމް އިބްރާހީމް އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން އދ އާއި އީޔޫފަދަ ޖަމާއަތްތަކާއި އަދި ވީހައި ގިނަ ޤައުމުތަކާއި ގުޅިގެން ކަންކަން ކުރައްވަން އަބަދުވެސް ސަމާލުކަން ދެއްވާ ލީޑަރެއްކަންވެސް ފާހަގަކުރެވެއެވެ.
"ކޯލިޝަނުގެ ސިންގަލް ކެންޑިޑޭޓަކީ ރައްޔިތުން އެދޭ ބަދަލު. ޖޭޕީ މިމަގުން ކުރިއަށް ދިއުމަކީ ރައްޔިތުންގެ އެދުން. އިން ޝާ ﷲ ޖޭޕީ އަަބަދުވެސް އޮންނާނީ ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން އޮތް ގޮތަށް، ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތް ކުރުމުގަ. ދީނާ ޚިލާފް ނޫން، ޔޫއެން އާ އީޔޫގެ ނިންމެވުންތަކާއެކު."
Coalition ge Single Candidate akee #RayyithunEdheyBadhalu InshaAllah JP mi magun kuriyah dhiumakee Rayyithun ge edhun . JP abadhuves Onnaanee Rayyithun naa Qaumuge Salaamaiy kan oiy gothah Aniyaa verikamun salaamaiy kurumugai dheenaa khilaafu noon UN aa EU ge ninmevun thakaaeku
— Qasim Ibrahim (@qasimibrahim) June 29, 2018