މިއަހަރުގެ ރިޔާސީ އިންތިޚާބުގަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާ ޖޭޕީގެ ރަނިންމޭޓަކު ނެރެ، އިންތިޚާބު ކާމިޔާބުކުރަން އެކުގަ މަސައްކަތް ކުރަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މިއަހަރުގެ ރިޔާސީ އިންތިޚާބުގަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާ  ޖޭޕީގެ ރަނިންމޭޓަކު ނެރެ، އިންތިޚާބު ކާމިޔާބުކުރަން އެކުގަ މަސައްކަތް ކުރަން ނިންމައިފި
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހުރިހާ ޕާޓީތަކެއް ތަމްސީލް ކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީ ގެ ރަނިންމޭޓަކު ނެރެ، އިންތިޚާބު ކާމިޔާބުކުރުމަށް އެކުގައި މަސައްކަތް ކުރަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އެކަން ބަޔާންކޮށް ގުޅިފައިވާ ބަޔާން ނެރުނީ ގުޅިފައިވާ ޕާޓީތަކުން މިރޭ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި ކުރިއަށް ގެންދިއަ ބައްދަލުވުމަސްފަހުގައެވެ.

ގުޅިފައިވާ ޕާޓީ ތަކުން ނެރުނު ނޫސްބަޔާން

"ދިވެހި ދައުލަތް ހިންގުމުގެ މުޅި ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށް، ޤާނޫނުތަކާއި ޤަވާއިދު ތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނަށް އަނިޔާވެރިވެ، ދިވެހި ރާއްޖެއަށް ތަޢާރަފުކުރި ޑިމޮކްރެޓިކް ނިޒާމު ވެއްޔާ މޮޑެލައި، އިންސާނީ ކަރާމަތާއި އިންސާނީ ޙައްޤުތައް ނިގުޅައިގަނެ، އަދުގެ ސަރުކާރުން ކުރަމުންދާ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް، ގުޅިފައިވާ ސިޔާސީ ޕާޓީތަށް (ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި، ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީ އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު) ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހުރިހާ ޕާޓީތަކެއް ތަމްސީލް ކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީ ގެ ރަނިންމޭޓަކު ނެރެ، އިންތިޚާބު ކާމިޔާބުކުރުމަށް އެކުގައި މަސައްކަތް ކުރަން ނިންމައިފީމެވެ.

މިފުރުޞަތުގައި މި މުހިންމު ނިންމުމުގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ތިއްބެވި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ."
މިއަދު އޮންލައިން