ވިދުމުން ބިރުގަންނަ ކަމަށް ބުނާ ފިރިހެނަކާ ކައިވެނި ނުކުރަން ނިންމުމުން ދެފަރާތުގެ ޢާއިލާގެ މެދުގައި ބޮޑު ތަޅާފޮޅުމަކަށް ހިނގައްޖެއެވެ.
އިންޑިއާގެ ޕަޓްނާގައި ކުރަން ހަމަޖެހިފައި އޮތް ކައިވެނީގެ 2 ދުވަސްކުރިން އަވަށަށް ވިއްސާރަވެ ވިދާ ގުގުރައި ބައެއް ދަނޑުތަކަށް ގެއްލުން ލިބުމުން ފިރިހެން މީހާ ބުނީ ވިދުމަކީ އޭނާ ވަރަށް ބޮޑަށް ބިރުގަންނަ ކަމެއް ކަމަށެވެ. އެހެން ބުނެފައި އޮތުމުން ކައިވެނީގެ އެންމެ ފަހުގެ ރަސްމިއްޔާތުގައި އަންހެން މީހާ ބުނީ ވިދާތީ ބިރުގަންނަ މީހަކާ ކައިވެނިކުރަން އޭނާ ބިރުގަންނަ ކަމަށެވެ.
އެއިރު ކައިވެނީގެ ގިނަ ރަސްމިއްޔާތުތަކެއް ނިމިފައިވުމާއިއެކު ފިރިހެން މީހާގެ ޢާއިލާގެ ފަރާތުން ބޭނުންވީ ބާރާ ނުފޫޒު ފޯރުވައިގެން ނަމަވެސް ކައިވެނިކުރުވާށެވެ. އަންހެން މީހާގެ ފަރާތުގެ ޢާއިލާއިން ބުނީ ނުރުހުމުގައި ގަދަކަމުން ކައިވެނި ނުކުރެވޭނެ ކަމަށެވެ.
ފުލުހުން ވަނީ އަރަރުންތަކާއި ގުޅިގެން ހިންގި ތަޅާފޮޅުންތަކުގައި ބައިވެރިވި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.