ދުންޔާ މިމޭރުމުން ވިދާޅުވެފައިވަނީ އެމްޑީޕީ ގެ ކޮންގްރެސް މިއަދު ފަށަން ހަމަޖެހިފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ދުންޔާ ވިދާޅުވެފައިވަނީ ސިޔާސީ އިސް މަޤާމުތަކުން ވީހައި ގިނަ ކަނބަލުން ފެނިވަޑައިގަތުމަކީ ހިއްވަރުފުޅު އިތުރުވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ބަލާއިރު އިސް ސަފުތަކުން ފެންނަ ކަނބަލުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެމްޑީޕީ ގެ އިސް ސަފުގައި އެންމެ ފާހަގަކުރެވޭ ބޭފުޅުންގެ ތެރޭގައި މާރިއާ، ރޮޒައިނާ ފަދަ ބޭފުޅުން ފާހަގަކުރެވޭއިރު ޕީޕީއެމްގެ ރައީސް މައުމޫން ފަޅިއަށް ނިޞްބަތްވާ ނާދިރާ، އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފް، ޖޭޕީގެ އަންހެނުންގެ ފިޔައިގެ ރައީސާ ވަލީދާ ފަދަ ބޭކަނބަލުން ކުރައްވަމުން ގެންދަވާ ހިއްވަރުފުޅު ދަނީ ފާހަގަކުރެވެމުންނެވެ.
ޖޭޕީ އިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ ވަނީ ޕާޓީގެ ކައުންސިލުގެ ގޮނޑިއެއް ކާމިޔާބުކުރައްވައިފައެވެ. އެކަމަނާ މިހާރު ގެންދަވަނީ ޕާޓީގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރައްވަމުންނެވެ.
Good luck for the @MDP Congress @MDPSecretariat. Hoping to see more women elected to senior positions. Congrats also JP @JPSecretariat. It is encouraging to see more women in senior ranks! My wish for all political parties. #womeninleadership #WomenInPolitics pic.twitter.com/1mCsbLFm6y
— Dunya Maumoon (@dunyamaumoon) June 30, 2018