ދީނީ މައުލޫމާތު: ޙައިޟުގެ ދުވަސްވަރު ކުރި ނަމަވެސް ވަރި ވާނީ ވަރިއަކަށް- ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދީނީ މައުލޫމާތު: ޙައިޟުގެ ދުވަސްވަރު ކުރި ނަމަވެސް ވަރި ވާނީ ވަރިއަކަށް- ޑރ. އިޔާޟް
"ޙައިޟުގެ ދުވަސްވަރު ވަރި ނުކުރުމަށް އަންގަވާފައިވެއެވެ. ނަމަވެސް އެދުވަސްވަރު ނަަމަވެސް ވަރިކޮށްފިނަމަ ވާނީ ވަރިއަކަށެވެ. ޢިއްދަ ގުނަން ފަށާނީ އަނެއް ފަހަރު ޙައިޟުވެފައި ރަނގަޅުވީމައެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

"އޭ ނަބިއްޔާއެވެ! ތިއަބައިމީހުން އަނބިން ވަރިކުރާނަމަ ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިއަކުން) ތިއަބައިމީހުން އެކަނބަލުން ވަރިކުރާށެވެ. އަދި ތިއަބައިމީހުން ޢިއްދަ ގުނާ ހަމަކުރާށެވެ. އަދި ތިއަބައިމީހުންގެ ވެރި ﷲއަށް، ތިއަބައިމީހުން ތަޤްވާވެރިވާށެވެ. ތިއަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ. އަދި ތިއަބައިމީހުންވެސް ނުނުކުންނަ ހުށިކަމެވެ. ފައުޅުވެ ހުތުރކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގެންފިނަމަ މެނުވީީއެވެ. އަދި އެއީ ކަނޑައަޅުއްވަވާފައިވާ އިންތަކެވެ. އަދި ކަނޑައަޅުއްވަވާފައިވާ އިންތައް ފަހަނައަޅައި ދާ މީހާ (ދަންނާށެވެ!) ފަހެ އެމީހާގެ އަމިއްލަ ނަފުސަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެން ގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާއަކަށް ނުއެނގެއެވެ. ކީރިތި ޤްރްއާން: 1-65)
މިއަދު އޮންލައިން