އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމުގެ ބާރު ޤައުމީ މަޖިލިހަށާއި ކޮންގްރެސްއަށް

ކިޔުމަށް ހޭދަވާނީ 55ސ
އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމުގެ ބާރު ޤައުމީ މަޖިލިހަށާއި ކޮންގްރެސްއަށް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑީޑޭޓް ކަނޑައަޅާފައި ވަނިކޮށް، އެއްވެސް ސަބަބަކާހެދި އެކެނޑިޑޭޓަށް އިންތިޙާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެނަމަ، ކެނޑިޑޭޓަކު ކަނޑައެޅުމުގެ ބާރު އެޕާޓީގެ ޤައުމީ މަޖިލީހަށާއި ކޮންގްރެސް އަށް ދިނުމަށް އެމްޑީޕީ ގެ ތިންވަނަ ކޮންގްރެސް އިން މިއަދު ފާސްކޮށްފިއެވެ.

އއ. އުކުޅަހުގައި މިވަގުތު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސް ގައި، އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކުން ހޮވި ޕާޓީގެ ޓިކެޓް ލިބިފައިވާ ބޭފުޅަކަށް އެއްވެސް ސަބަބަކާހުރެ އިނންތިހާބުގައި އެމްޑީޕޫގެ ޓިކެޓުގައި ވާދަނުކުރަން ނިންމައިފިނަމަ، ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް ނުވަތަ ޤައުމީ މަޖިލީހުން ކަމަށެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އަސާސީ ޤަވައިދަށް އިސްލާހު ހުށަހެޅުއްވީ އެޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ. އިސްލާހު ފާސްވީ ކޮންގްރެސްގައި ބައިވެރިވި 679 މަންދޫބުންގެ އަޣުލަބިއްޔަތުންނެވެ.
މިއަދު އޮންލައިން