ޕާކިސްތާނުން ސްޓެލްކޯގެ މުވައްޒިފުން ތަމްރީނުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޕާކިސްތާނުން ސްޓެލްކޯގެ މުވައްޒިފުން ތަމްރީނުކުރަނީ
ޕާކިސްތާނުން ސްޓެލްކޯގެ މުވައްޒިފުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކޮށްފިކަމަށް ޕާކިސްތާނުގެ ނޫހެއްގައި ހާމަކޮށްފިއެވެ.

އެނޫހުގައި ބުނެފައިވަނީ ސްޓެލްކޯއަށް ބޭނުންވާ ތަމްރީނު ހޯދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕާކިސްތާން ވޯޓަރ އެންޑް ޕަވަރ ޑިވޮލޮޕްމަންޓް އޮތޯރިޓީ އާއިއެކުގައި ކަމަށެވެ. އަދި މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ހުކުރު ދުވަހު ސޮއިކުރީ ސްޓެލްކޯގެ ޗެއާމަން އަހްމަދު އައިމަން ކަމަށެވެ.

އެނޫހުގައި ބުނެފައިވަނީ މި އެއްބަސްވުމުގެދަށުން ދެ ފަރާތުގެ މުވައްޒިފުން ބަދަލުކުރެވޭނެ ކަމަށާއި ދެ ޤައުމުގައި ވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.

ރާއްޖޭގެ ވަފުދު ޕާކިސްތާނަށް ކުރަނީ 6 ދުވަހުގެ ރަސްމީ ދަތުރެއް ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

މައުލޫމާތު: އުރުދޫޕޮއިންޓް.ކޮމް
މިއަދު އޮންލައިން