ޖޭޕީން ރަނިންގ މޭޓަކު ކަނޑައަޅާނީ ކައުންސިލުގަ މަޝްވަރާކޮށްގެން: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޖޭޕީން ރަނިންގ މޭޓަކު ކަނޑައަޅާނީ ކައުންސިލުގަ މަޝްވަރާކޮށްގެން: ޑރ. ޙުސައިން
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ނެރޭނެ ރަނިންގ މޭޓަކު ކަނޑައެޅުމުގެ ފުރުޞަތު ޖުމްހޫރީ ޕާޓީއަށް ލިބިފައި އޮތުމުން އެކަމަށް ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ކައުންސިލުގައި މަޝްވަރާކޮށްގެން ކަމަށާއި އެކަމަށްޓަކައި ކައުންސިލުގައި ވަރަށް އަވަހަށް މަޝްވަރާ ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ ހިންގުމާއި ހަވާލުވެހުންނެވި ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޑރ. ޙުސައިން މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު އުކުޅަހުގައި ހުންނަވައިގެންނެވެ.

ޖޭޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ޕާޓީއަކީ ޑިމޮކްރެޓިކް އުޞޫލުތަކާއި އެއްގޮތަށް މަޝްވަރާގެ އުޞޫލުން ކަންކަން ނިންމަމުންގެންދާ ޕާޓީއެއް ކަމަށާއި ރަނިންގ މޭޓް ކަނޑައެޅުން ފަދަ ކަންކަން ވެސް ނިންމާނީ ޕާޓީގެ ކައުންސިލގައި ފުޅައު ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ކޯލިޝަނުގެ ތެރެއިން ޖޭޕީއަށް މި ފުރުޞަތު ލިބުމުން ގިނަ ބައަކު ގެންދަނީ ޚިޔާލު ފައުޅުކުރަމުން ކަމަށާއި އެ ޚިޔާލުތަކަކީ އެބައެއްގެ އަމިއްލަ ވިސްނުން ކަމަށެވެ. ޕާޓީގެ ނިންމުން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ.

ޖޭޕީގެ ރައީސް ޢަލީ ވަޙީދު މިއަދު ވަނީ ޖުމްހޫރީ ޕާޓީން ނެރޭ ރަނިންގ މޭޓަކަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން، ޖޭޕީގެ ކައުންސިލް މެންބަރު ޢައިޝަތު ނަހުލާ ކަނޑައެޅުމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ. ޢަލީ ވަޙީދު ވިދާޅުވެފައިވަނީ ސިޔާސީ އިސް ސަފަށް އަންހެން ބޭފުޅުން ނެރެން ޖެހިފައިވާ ކަމަށެވެ.
މިއަދު އޮންލައިން