އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި 116 އުޅަނދު ބަލައިފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި 116 އުޅަނދު ބަލައިފާސްކޮށްފި
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއްގައި 116 އުޅަނދު ބަލައިފާސްކޮށްފިއެވެ.

ސ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން، ޖޫން 17ން ޖޫން 30ށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މިޓްރެފިކް އޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެކެވެ.

އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވާ މިއޮޕަރޭޝަންގައި، 116 އުޅަނދު ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފުވެގެން 17 ފަރާތަކާއި މެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން