މަހިބަދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
މަހިބަދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖޫން 27 ވަަނަ ދުވަހު 17:40 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރު ކޮއްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މާލެއިން މަހިބަދޫއަށް އައި ލޯންޗަކުން ފޭބި މިމީހާ މަހިބަދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށް، މިމީހާގެ ހަށިގަނޑު ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒްގެ ރަބަރު ޕެކެޓެއް މިމީހާގެ ހަށިގަނޑު ތެރެއިން ފެނިފައިވާކަމަށެވެ.

މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.

މިމައްސަލަ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން