ލ.މާވަށު ސްކޫލާއި، މާވަށު ޕޮލިސް ސްޓޭޝަން ގުޅިގެން، ބިންގާ ގެ ނަމުގައި ސިލްސިލާ ޕްރޮގްރާމެއް މާވަށު ސްކޫލްގައި ފަށައިފިއެވެ.
ތަރުބަވީ ޢިލްމަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މިއަދުފެށި މިޕްރޮގްރާމްގައި، ”ފްރެންޑްލީ ޕޮލިސް” ތީމްގެ ދަށުން، ރަޙުމަތްތެރިކަމާއި ގާތްގުޅުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މާވަށު ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. މާވަށު ސްކޫލްގެ އެދުމުގެ މަތިން ކޮންމެ މަހަކު ވަކި ތީމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މާވަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، މާވަށުގެ މުއައްސަސާތަކުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ.
ޙަބަރު ޕޮލިސް