ބ. ފިނޮޅު ކައިރީ އޮތް ރިސޯޓެއްގައި ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާ ފަތުރުވެރިއަކު، ޑިންގީ އެއްގެ ބުރަފަތިން ޖެހި މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދިން ގޮތުގައި، މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 11:30 ހާއިރު ކަމަށާއި ހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ.
މިހާދިސާގައި 24 އަހަރުގެ ޗައިނާ އަންހެނެއް ވެސް ޒަހަމް ވެފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ބ. ރީޖަނަލް ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދާއިރު، އިތުރު ފަރުވާއަށް މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.