މާލެ އާއި ވިިލިމާލޭގަ ހުރި ފްލެޓްތައް ބެލެހެއްޓުން ސަރުކާރުގެ ބެލުމުގެދަށަށް ބަދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މާލެ އާއި ވިިލިމާލޭގަ ހުރި ފްލެޓްތައް ބެލެހެއްޓުން ސަރުކާރުގެ ބެލުމުގެދަށަށް ބަދަލުކޮށްފި
މާލެއާއި ވިލިމާލޭގަ ހުރި މާލެހިޔާ، އަދި ސިނަމާލެ ފްލެޓްތައް ބެލެހެއްޓުމުގެ ކަންކަން މާލެ ސިޓީ ކައުންސިލުން ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ނިންމުން ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ފްލެޓްތަކުގެ ކަންކަން ބަލަހައްޓާނެ ބަޖެޓު ސަރުކާރުން ދެމުން ގެންދާ ކަމަށާއި ނަމަވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ.

ސީސީޓީވީ ބެހެއްޓުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި ކުނި މެނޭޖްކުރަންވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި މީގެ އިތުރުން ލިފްޓްވެސް މަރާމާތުކޮށް ބަލަހައްޓަމުން ނުގެންދާތީ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މީގެ އިތުރުން އެތަންތަނުން ހޯދަންޖެހޭ ކުލި ހޯދަން މަސައްކަތެއް ނުކޮށް ތިބެފައި ކުއްލިއަކަށް ސިޓީއެއް ފޮނުވައި އެތައް އަހަރެއްގެ ކުލި 3 މަސް ދުވަސްތެރޭގައި ދެއްކުމަށް ސިޓީކައުންސިލުން އަންގާފައިވާ ކަމަށާއި ނުދައްކައިފިނަމަ އެތަންތަނުން ނުކުންނަން ޖެހޭނެކަން ވެސް އަންގާފައިވާ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މިފަދަ ނިކަމެތި ގޮތެއް ރައްޔިތުންނަށް މެދުވެރިވުމަށް ސަރުކާރުން ނުއެދޭ ކަމަށާއި އެހެންކަމުން ނުދެއްކިވާ ކުލީގެ ފައިސާ ދެއްކޭނެ ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

ބައެއް ފްލެޓްތަކުން ދައްކަންޖެހޭ ކުލި 1 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމާއި އެހައި ގިނަ އަދަދެއްގެ ފައިސާ އެއް ފަހަރާ ދައްކަންޖެހުމުން ގިނަ ބައަކަށް ބޮޑެތި ތަކުލީފްތަކެއް ޖެހިފައިވާކަންވެސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން