ޕީޕީއެމުން އައްޑު އަތޮޅާ ބޮޑެތި ރަށްރަށުގަ ދާއިމީ ކެންޕޭނު ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޕީޕީއެމުން އައްޑު އަތޮޅާ ބޮޑެތި ރަށްރަށުގަ ދާއިމީ ކެންޕޭނު ފަށައިފި
ޕީޕީއެމުން އައްޑު އަތޮޅާއި ބޮޑެތި ރަށްރަށުގަ ދާއިމީ ކެންޕޭނު ފަށައިފިއެވެ.

މިއަދު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާރު ފަށައިވާ ކެންޕޭނު ހަރަކާތްތައް ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމެންދެން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންކަމުން ޓީމުތައް ދާއިމީ ގޮތެއްގައި ރަށްރަށުގައި ތިބެގެން ކެންޕޭނު ކުރިއަށް ގެންދާނެ ކަމަށެވެ.

ސެކެޓްރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޤައުމަށް ނުވަތަ ރައްޔިތުންނަށް ދެރަވާނެ ގޮތަށް ކުރައްވާފައިވާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ބުނެ ނުދެވޭ ކަމަށާއި ބައެއް ހަޑިހުތުރު ބަސްތައް ބޭނުން ކުރުން ނޫން ކަމެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭ ކަމަށެވެ.

ޕީޖީ ލީޑަރު އަޙްމަދު ނިހާން ވިދާޅުވީ މީޑިއާގެ މަސައްކަތްތަކަކީ ވަރަށް އަމާނާތްތެރިކަމާއިއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށާއި ޞައްޙަ ނޫން އެއްވެސް މައުލޫމާތެއް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ދެއްވައިގެން މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.

ނިހާން މިމޭރުމުން ވިދާޅުވެފައިވާއިރު މީހެއްގެ އަބުރު ކަތިލަން ބޭނުން ވެއްޖެނަމަ ރައްޔިތުންނަށް ޤަބޫލުކުރެވޭނެ ހައި ގޮތްތަކަށް ވާހަކަތައް ބަދަލުކޮށްގެން ޕީޕީއެމްގެ ޕްރެސްކޮންފަރެންސްތަކުގައި މީހުންގެ އަބުރު އެއްވެސް ބެލުމެއް ނެތި ކަތިލަމުން ގެންދާކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން