" ސާބަސް ޔަންމާ 2018 " ގެ ނަމުގައި ވަރަށް ޙާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީއިން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
" ސާބަސް ޔަންމާ 2018 " ގެ ނަމުގައި ވަރަށް ޙާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީއިން ފަށައިފި
"ސާބަސް ޔަންމާ 2018" ގެ ނަމުގައި އެމްޓީސީސީއިން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

1 ޖުލައި އިން 31 ޖުލައި 2018 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި ބައްލަވައިގަންނަވާ އިންޖީނުގެ 10% ޑިޕޮޒިޓް ފީ ދެއްކެވުމުން ބައި ލައްކަ އާއި ތިންލައްކަ ރުފިޔާގެ އަގުހުރި ސާމާނު ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ހިލޭ ލިބިވަޑައިގަންނަވާ ސާމާނުގެ ތެރޭގައި ޖީ.ޕީ.އެސް އާއި ފިޝްފައިންޑަރ، ހުންގާނު ސިސްޓަމް، އަދި ކާސްޓްރޯލް އަޑީތެލުގެ އިތުރުން އޮޑިއަށާއި އިންޖީނަށް ބޭނުންވާ އެހެނިހެން ސާމާނު ހިމެނިގެންދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން 78 ހޯސްޕަވަރުން ފެށިގެން 829 ހޯސްޕަވަރުގެ އިންޖީނު ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ޕްރޮމޯޝަންގެ ދަށުން އިންޖީނު ބައްލަވައިގަތުމަށް 10% ބުކިންގ ފީ ދައްކަވާ ފަރާތްތަކަށް ބައްލަވައިގަންނަވާ އިންޖީނުގެ އަގުގެ ބާކީ ފައިސާ ދެއްކެވުމަށް 31 ޑިސެމްބަރ 2018 ގެ ނިޔަލަށް މުއްދަތު ދެވިގެންދާނެއެވެ.

2016 ވަނަ އަހަރުގައި ވެސް ސާބަސް ޔަންމާގެ ނަމުގައި 1 ލައްކައާއި 2 ލައްކަ ރުފިޔާއާއި ދެމެދުގެ އަގުހުރި ސާމާނު ހިލޭ ލިބޭ ޕްރޮމޯޝަންއެއް އެމްޓީސީސީއިން ވަނީ ކުރިޔަށް ގެންގޮސްފައެވެ. 2016 ވަނަ އަހަރުގެ ސާބަސް ޔަންމާ ޕްރޮމޯޝަންއަށް ކަސްޓަމަރުންގެ ފަރާތުންވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް އެމްޓީސީސީއިން ވަނީބުނެފައެވެ.

އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެ އެވެ.
މިއަދު އޮންލައިން