ފެންފުށިން މީހަކު ގެއްލިގެން ހޯދަނީ

ކިޔުމަށް ހޭދަވާނީ 44ސ
ފެންފުށިން މީހަކު ގެއްލިގެން ހޯދަނީ
އދ. ފެންފުށިން އުމުރުން 29 އަހަރުގެ ފިރިހެނެއް ގެއްލިގެން ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެސް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ފަށައިފިއެވެ.

މިހާދިސާގެ ޚަބަރު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހަވީރު 17:30 ހާއިރުއެވެ.

އެމްއެންޑިއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައޮ އދ. ފެންފުށީ ޕެންޒީގޭ އަދުނާން އަހުމަދު ނަމަކަށް ކިޔާ އެމީހާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:30 ހާއިރުއެވެ. އެއިރު އޭނާ ލައިގެން ހުރީ މަޑު ނޫ ކުލައިގެ ގަމީހަކާއި ޖިންސެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެމީހާއާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފައިވެއެވެ.
މިއަދު އޮންލައިން