އެސްޓީއޯއިން ހުޅުމާލޭގައި ރެޑީމިކްސް ބެޗިންގ ޕްލާންޓެއް ހުޅުވުމުން އިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް!

ކިޔުމަށް ހޭދަވާނީ 2މ 15ސ
އެސްޓީއޯއިން ހުޅުމާލޭގައި ރެޑީމިކްސް ބެޗިންގ ޕްލާންޓެއް ހުޅުވުމުން އިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް!

އެސްޓީއޯއިން ރޭ ހުޅުމާލޭގައި ހުޅުވި ރެޑީމިކްސް ބެޗިންގ ޕްލާންޓްއަކީ ރެޑީމިކްސްއަށް ލިބުނު ތަރުހީބާއި ގުޅިގެންނާއި ހުޅުމާލޭގައި ކުރިއަށްދާ ސަރުކާރުގެ އަދި އަމިއްލަ ފަރުދުންގެ ގިނަ އުމްރާނީ މަސައްކަތްތަކުގެ އިމާރާތްކުރުމުގެ ޑިމާންޑަށް ބެލުމަށްފަހުި އެސްޓީއޯ އިން އިސްނަގައިގެން ޤާއިމްކޮށްފައިވާ ސައިޓެކެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރޑރ. މުޙައްމަދު މުއިއްޒުހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެސްޓީއޯއަކީ ރާއްޖޭގެ ތަރައްގީއާއި އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރާ ކުންފުންޏެއްކަމަށެވެ. ހުޅުމާލެއަކީ އެއްފަހަރާ އެންމެ ގިނަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ހިނގަމުންދާ ސިޓީކަމުގައި ވިދާޅުވަމުން، އެސްޓީއޯއިން ހުޅުމާލޭގައި މިހުޅުވި ޕަވަރމިކްސް ސައިޓްގެ ސަބަބުން މިޕްރޮޖެކްޓްތަކަށް ރަނގަޅު ފެންވަރުގެ ކޮންކްރީޓް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެފަރާތްތަކަށް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ ރާއްޖޭގެ ކޮންސްޓަރަކްޝަން އިންޑަސްޓްރީ ވަނީ ޕަވަރމިކްސްގެ ސަބަބުން އިތުރަށް ކުރިއަރާ، ކޮންޓްރެކްޓަރުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަ ތަކެއް ހޯދައިދީފާކަމަށެވެ.

މި ސައިޓުގައި ޖަރުމަންވިލާތުގެ ޝްވިންގް ސްޓެޓާރ ބްރޭންޑުގެ ގަޑިއަކު 60 ސީ.ބީ.އެމް ގެ ކޮންކްރީޓް ހެދޭ ޕްލާންޓެއް ހުންނާނެއެވެ. އަދި ކޮންކްރީޓް އުފުލަން 7 ސީ.ބީ.އެމް ގެ 4 ވެހިކަލް އާއިއެކު ޒަމާނީ މެޝިނަރީއާއި އިކުވިޕްމަންޓްމިސައިޓްގައި ވަނީ ޤާއިމްކުރެވިފައެވެ. އަދި ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކޮންކްރީޓްގެ ކޮލިޓީ ހިފަހައްޓަން ބޭނުންވާ ސްލަންޕް އަދި ކިޔުބް ޓެސްޓިންގް ފަދަ ކަންތައްތައް ކުރެވޭނެ ލެބޯޓްރީއަކާއި އަދި އިންޖިނިއަރެއްވެސް ސައިޓްގައި ހުންނާނެއެވެ.

2015 ވަނަ އަހަރުގައި އޮތް މަސީ ބިލްޑް އެކްސްޕޯގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ ރެޑީމިކްސް ކޮންކްރިޓް "ޕަވަރމިކްސް" ބްރޭންޑް ތަޢާރަފްކޮށްދެއްވާފައެވެ. ރެޑީމިކްސް ކޮންކްރީޓުގެ ހިދުމަތުގެ ސަބަބުން ކޮންޓްރެކްޓަރުންގެ ކޮންކްރީޓް މަސައްކަތުގައި ބޭނުންކުރަންޖެހޭ ލޭބަރުންގެ އަދަދު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިޖްތިމާއީ ގިނަ ފައިދާތައްވެސް ލިބިގެންދިޔައެވެ.


މިއަދު އޮންލައިން