އިދިކޮޅު ރިޔާސީ ކެންޑީޑޭޓާއި ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އިދިކޮޅު ރިޔާސީ ކެންޑީޑޭޓާއި ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

އިދިކޮޅު ރިޔާސީ ކެންޑީޑޭޓާއި ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ށ. ބިލެތްފަހި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިއަދު ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް، ޤާނޫނީ ގޮތުން ޝަރުޠު ހަމަވާ ބޭފުޅަކު ހަމަނުޖެއްސިގެން ކުރިމަތިވަމުން އައި ނުތަނަވަސްކަން މިހާރު ފިލާފައިވުމުން އުފާފުޅު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން މިއަދުވެސް ވިދާޅުވީ ޤައުުގައި ނުތަނަވަސްކަން އުފެދެނީ ޑިމޮކްރަސީ އާއި ޚިލާފަށް ޤާނޫނުން ބޭރުން ކަންތައްތައް ކުރަން އުޅުމުން ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ޤާނޫނުން ބޭރުން ކަންކަން ކުރަން ފުރުޞަތު ނުދެއްވާނެ ކަމަށާއި ހަމަހަމަކަމާއިއެކު އެންމެންގެ މައްޗަށް ޤާނޫނު ތަންފީޒުކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްޗަށް ޝަރީޢަތް ކުރެވި ޙުކުމް އިއްވާފައިވާ މައްސަލައިގައި ރައީސް ޔާމީން ވިދާޅުވީ ބަންދުވާން ނުޖެހޭ އިސް ބޭފުޅުންތަކެއް ބަންދުގައި އެތިއްބެވީ ޤާނޫނުން ބޭރުން ކަންތައްތަކެއް ކުރެއްވުމުން ކަމަށާއި ޤާނޫނުން ބޭރުން އެއްވެސް ކަމެއް ކުރެއްވުމުގެ ފުރުޞަތު އެއްވެސް ބޭފުޅަކަށް ނުދެއްވާނެ ކަމަށެވެ.
މިއަދު އޮންލައިން