ވިހެމަށްފަހު އަންހެން ދަރިން އުކަން މައިން ފަސްްނުޖެހޭއިރު އެއީ އަންހެނުން ނޫންތަ؟: ޑރ. ޝާމްލީ
ވިހެމަށްފަހު އަންހެން ދަރިން އުކަން މައިން ފަސްްނުޖެހޭއިރު އެއީ އަންހެނުން ނޫންތަ؟ ޑރ. ޝާމްލީ ސުވާލު އުފައްދައިފިއެވެ.
އިންޑިއާގައި ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޑރ. ޝާމްލީ މިސުވާލު ކުރިމަތިކުރުވީ މުޒައްފަރުއާބާދުގެ ރޭލްވޭ ސްޓޭޝަނަކަށް 1 އަހަރާއި 2 އަހަރުގެ އަންހެން ދެ ކުދިން ދޫކޮށްލާފައި މަންމަ ފިލުމާއި ގުޅިގެންނެވެ.
ޑޜ. ޝާމްލީ ބުނީ ދުނިޔެ ކިތަންމެ ބޮޑަށް ތަރައްޤީވެފައިވާ ކަމަށް ބުނި ނަމަވެސް އަދިވެސް އަންހެން ކުދިންނާއިމެދު އަމަލުކުރަނީ ހަމަ ޖާހިލިއްޔަ ޒަމާނުގައިވެސް އަމަލުކުރި ގޮތަށް ކަމަށެވެ. "އެޒަމާނުގެ ކުދިން ބޮޑުކޮށްފަ ދިރިތިއްބާ ވަޅުލަނީ. މިހާރު ބަނޑުގޮތީ އަންހެން ކުއްޖެއްކަން އެނގޭއިރަށް ވައްޓާލަނީ. ވިހެއުމަށްފަހު މަރަނީ. އުކަނީ. ތަފާތަކީ ކޮބާ؟"
ޑރ. ޝާމްލީ ބުނީ އަންހެން ދަރިން ވިހަނީ ވެސް ހަމަ އަންހެނުން ކަމަށެވެ. ވިހެއުމަށްފަހު އަންހެނުންގެ ނަސްލު ނައްތައިލަންވެސް މަސައްކަތްކުރަނީ ކަމަށެވެ. އެފަދަ އަމަލުތައް ކުރަނީ ދިރިއުޅުމުގައި މަޖުބޫރުވެގެން ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ބުނާ ދޮގެއް ކަމަށްވެސް ޑރ. ޝާމްލީ ބުނެފައިވެއެވެ.