ޖަޕާނުގެ އެމްޕެރަރ ސީރިއަސް އާލާސްކަންފުޅެއްގަ
ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ ސީރިއަސް އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން އެބަ ގެންދަވައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާ އެންމެ ސީރިއަސް އާލާސްކަންފުޅަކީ ސިކުނޑިއަށް ބޭނުންވާ ލޭ ސިކުނޑިއަށް ލިބުމުގައި ހުރި މައްސަލަތަކެވެ.
އާލާސްކަންފުޅާއި ގުޅިގެން ބައެއް ބައްދަލުކުރެއްވުންތައްވެސް ކެންސަލް ކުރައްވައިފައެވެ. ރަސްމީ ގަނޑުވަރުގައި އޮންނަވައިގެން މިހާރު ބައްދަލުކުރައްވަމުން ގެންދަވަނީ ޙަމައެކަނި ޢާއިލާގެ މެންބަރުންނާއިއެވެ.
އުމުރުފުޅުން 84 އަހަރުވެފައިވާ އަކިހީޓޯ ވަނީ ޖަޕާނުގެ އެމްޕެރަރކަން 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ހިތްޕުޅުގެ އޮޕރޭޝަނެއް ކުރެއްވުމުގެ އިތުރުން ކެންސަރަށްވެސް ފަރުވާ ހޯއްދަވައިފައެވެ. 2016 ވަނަ އަަހަރުން ފެށިގެން އެމަނިކުފާނު ވަނީ ރަސްމީ އިހްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުން ހުއްޓަވާލައްވައިފައެވެ.