އިންޑިއާއަށް ގިނަ އަދަދެއްގެ ޕާޓީ ޑްރަގް އެތެރެކުރި ޗައިނާގެ 5 މީހަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އިންޑިއާއަށް ގިނަ އަދަދެއްގެ ޕާޓީ ޑްރަގް އެތެރެކުރި ޗައިނާގެ 5 މީހަކު އަތުލައިގެންފި

އިންޑިއާއަށް ގިނަ އަދަދެއްގެ ޕާޓީ ޑްރަގް އެތެރެކުރި ޗައިނާގެ 5 މީހަކު އަތުލައިގެންފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ކޮލްކަޓާގެ ރޭލްވޭ ސްޓޭޝަނުން ނުކުތްތަނާ ހައްޔަރުކުރި މި 5 މީހުންގެ ދަބަހުން ވަނީ 197 ކިލޯ ޕާޓީ ޑްރަގް އަތުލައިގެންފައެވެ. މިތަކެޓީގެ އަގު 40 ކުރޯޑް ރުޕީސްއަށްވުރެ މަތިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ 5 މީހުން އަތުލައިގަތުމުން މިނިވަންވުމަށްޓަކައި ވަރަށް ގިނަ ފައިސާ ރިޝްވަތުގެ ގޮތުގައި ހުށަހެޅި ކަމަށާއި ނަމަވެސް ހައްޔަރުކުރި އޮފިސަރުން އެއިން އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތީއެވެ.

ފުލުހުން ބުނެފައިވަނީ މި 5 މީހުން އިންޑިއާއަށް އެތެރެވފެފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން ފާއިތުވި ދުވަސްތަކުގައި އެމީހުން ގުޅުން އުފައްދާފައިވާ މީހުންގެ މައުލޫމާތު ހޯދަމުން ގެންދާ ކަމަށެވެ.
މިއަދު އޮންލައިން