އަބޫދާބީގަ އަމިއްލައަށް ޕެޓްރޯލް އެޅޭނެ ޚިދުމަތް ތަޢާރަފްކުރުމުން ބޮޑު ތަރްޙީބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އަބޫދާބީގަ އަމިއްލައަށް ޕެޓްރޯލް އެޅޭނެ ޚިދުމަތް ތަޢާރަފްކުރުމުން ބޮޑު ތަރްޙީބެއް!

އަބޫދާބީގައި ވެހކަލްތަކަށް އަމިއްލައަށް ޕެޓްރޯލް އެޅޭނެ ޚިދުމަތް ތަޢާރަފްކުރުމުން ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ.

ޖޫން 30 ގައި އިފްތިތާޙްކޮށް 1 ޖުލައިން ފެށިގެން ދެމުން ގެންދާ މި ކިދުމަތަށް އޮންލައިންކޮށް ރަޖިސްޓްރީކުރުމުން ފައިސާ ދެއްކޭނެ އިންތިޒާމު ހަޖައްސައިދެއެވެ. އެކަން ހަމަޖެއްސުމަށްފަހު އެމީހަކު ބޭނުންވަގުތަކު ސްޓޭޝަނަށް ގޮސް އެމީހަކު ބޭނުން އަދަދަކަށް ޕެޓްރޯލް އަޅަމުން ގެންދިއުމުގެ ފުރުޞަތު ލިބެއެވެ.

ޚިދުމަތް ހޯދާ މީހުން ބުނަނީ މިކަމުގެ ސަބަބުން ވަގުތު ސަލާމަތް ކުރެވޭ ކަމަށާއި ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާ ކަމަށެވެ.

މިޚިދުމަތް ފޯރުކޮށްދޭ ސްޓޭޝަންތަކުގައި ޚިދުމަތްދޭނެ މުވައްޒިފުންނެއް ނުތިބެއެވެ. ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އެހީތެރިވެދެނީ ސެކިޔުރިޓީ ބަލަހައްޓާ މީހުންނެވެ.
މިއަދު އޮންލައިން