"އަޅުގަނޑަކީވެސް މީހުން ދިރިއުޅޭ ރަށެއްގައި ދިރިއުޅޭ ރަށެއްގައި ދިރިއުޅޭ ދިވެހި ރައްޔިތަކީމެވެ. ރަށުގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރަނީ ހައަކަ މީހުންނެވެ. ދެ ނަމާދުދޭތެރޭގައި (މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު) މިސްކިތުގައި މަޑުކުރަނީ ހަމައެކަނި އަޅުގަނޑެވެ. ފަތިސް ނަމާދުކޮށްގެން އިރު އަރަންދެން މިސްކިތުގައި މަޑުކޮށްލަނީ އަޅުގަނޑު އެކަންޏެވެ.
ވަރަށް ފޫހިވެސް ވެއެވެ. ހާލަތަށް ވިސްނުމުން ވަރަށް ދެރަވެސް ވެއެވެ. ދަތުރުވަރެއްގައި ނަަމަވެސް އަޅުގަނޑު މާލެ އައުމުން އެ ވަގުތުތަކުގައި މިސްކިތް ހުންނާނީ ފަޅަށެވެ."
މިއީ މާލޭގައި ހުރި ނަމަ އިސްކަންދަރު މިސްކިތަށް ޤަވާއިދުން ނަމާދަށް އަރާ މީހަކު އަސަާއިއެކު މިއަދުނޫހަށް ކިޔައިދީފައިވާ ވާހަކައެކެވެ.
އެއީ ރާއްޖެތެރޭގެ ރަށެކެވެ. ޚަބަރުގައިވާ ފޮޓޯއަކީ މީގެ 17 ވަރަކަށް ރޭ ކުރިން މާލޭގައި ހުރި އެންމެ ބޮޑު މިސްކިތް، މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމަމްގައި ފަތިސް ނަމާދަށް ބަންގި ގޮވި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. ތިބި މީހުންގެ އަދަދު ފެނިވަޑައިގަންނަވާނެއެވެ. ފުރަތަމަ ސަފުގައި ނޫނީ މީހަކު ނެތްކަން އެނގިވަޑައިގަންނަވާނެއެވެ.