ރައީސް ޔާމީން ކަނޑިތީމު ބަނދަރު ހުޅުއްވައި ދެއްވައިފި

ކިޔުމަށް ހޭދަވާނީ 52ސ
ރައީސް ޔާމީން ކަނޑިތީމު ބަނދަރު ހުޅުއްވައި ދެއްވައިފި
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ބަނދަރު މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ޔާމީން ކަނޑިތީމު ބަނދަރު ހުޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ކަނޑިތީމު ބަނދަރަކީ ދިގުމިނުގައި 715 ފޫޓު އަދި ފުޅާ މިނުގައި 300 ފޫޓު ހުރި ބަނދަރެކެވެ.

ރައީސުލް ޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވަ ދަތުރުފުޅުގައި މިއަދު ހެނދުނުވަނީ ބިލެއްފައްސަށް ވަދައިގެން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ނިންމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ފުނަދޫ އެއާރޕޯޓު ބިން ހިއްކުމުގެ މަސައްކަތުގެ ނިމުން ފާހަގަ ކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމާއި މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަދު އޮންލައިން