އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ ޞާލިހު) އަށް ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މަރުޙަބާ ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސް ޔާމީން ފޮނުއްވި އެސިޓީފުޅުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިޙާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ޞާލިޙު ހޮވިވަޑައިގަތުމާއި ގުޅިގެން އިޚުލާސްތެރިކަމާއެކު މަރުޙަބާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ށ. ބިލެއްފަހި ރައްޔިތުންނާއި ބައްދަލު ކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމްޑިީޕީ ގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުޙައްމަދު ޞާލިޙޫ ހަމަޖެއްސުމުން އުދާސްތައް ފިލައި ހިނގައްޖެ ކަމަށެވެ.