ރައީސް ޔާމީން ށ. ފުނަދޫ އަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 43ސ
ރައީސް ޔާމީން ށ. ފުނަދޫ އަށް ވަޑައިގެންފި
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިލަދުންމަޑުލު އުތުރުބުރިއަށް މިއަދު ކުރައްވާ ދަތުރުފުޅުގައި ފުނަދޫ އަށް ވަޑައިގެންފިއެވެ.

މިއަދު ހަވީރު ރައީސް ޔާމީން ފުނަދޫއަށް ފައިބާ ވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

މިދަތުރުފުޅުގައި ފުނަދޫ އެއާރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ނިމުން ފާހަގަ ކުރުމާއި ރަންވެ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ރައީސް މިލަދުންމަޑުލު އުތުރުބުރީ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ށ. ބިލެއްފައްސަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މެންދުރު ކަނޑިތީމަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައި ދެއްވާފައިވެއެވެ.
މިއަދު އޮންލައިން