ޤާސިމް އިބްރާހީމް މިއަދު ޓްވީޓު ކުރައްވައި ވިދާޅުވީ "އިދިކޮޅު މެންބަރުން މަޖިލީހަށް ނުދަނީ 12 މެންބަރުން ޤާނޫނާ ޚިލާފަށް ހިފަހައްޓާ އެތައް މެންބަރަކަށް ޤާނޫނު އަސާސީ އާއި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ޙުކުމްކޮށް ޖަލުގަ ބަންދުކޮށްފަވާތީ އާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލީހުގެ ރައީސް ކަން ކުރަމުން ގެންދާތީ ޤާނޫނު އަސާސީ ނެގެހެއްޓުމާއި ޤައުމާއި ރައްޔިތުންގެ ޙައްޤުގަ" ކަމަށެވެ.
Opposition MP Majulisah nudhanee 12 MP in QA khilaafah Hifa hahtaa ethah MP akah QA aa Qanoon aa qavaaidhu aa Khilaafah hukumkoh jalugai bandhu kohfaivaatheea Majulis ge Qavaaidhaa khilaafah Majulihuge Raees kan kuramun gendhaathee QA negehehtumaa Qaumaa Rayyithun ge Hahgugai .
— Qasim Ibrahim (@qasimibrahim) July 2, 2018
ޤާސިމް އިބްރާހީމް މިފަދައިން ވިދާޅުވެފައިމިވަނީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާތީ ސަރުކާރު ހިންގާ ޕީޕީއެމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދާ ވަގުތެއްގައެވެ.
އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަވަނީ ޖަލްސާތައް ބާއްވައި މަޖިލީހުތެރެއިން ކަންކަން ކުރަމުން ގެންދަނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި އަދި މަޖިލީހުގެ ޤާނޫނު އަސާސީ އާއިވެސް ޚިލާފަށް ކަމަށެވެ. އެހެންކަމުން އެފަދަ ގޮތްތަކަށް ކަންކަން ކުރާ ޖަލްސާތަކުގައިބައިވެރިވެ ސަރުކާރުން ކުރުވާ ޤާނޫނާއި ޚިލާފް ކަންތައްތަކުގައި ޤާނޫނީ ސިފަ ޖައްސައިދިނުމަށް ބޭނުން ނުވާ ކަމަށެވެ.