ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 42ސ
ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތައް އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް ހަމަޖައްސައިފި
ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތައް މިއަދުން ފެށިގެން އެޑްރެސް ކުރަން ޖެހޭނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ އަށް ކަމަށް ހަމަޖައްސައިފިއެވެ.

އެންމެ ކުރީއްސުރެ ފެށިގެން ސުޕްރީމް ކޯޓަށް ފޮނުވާ ހުރިހާ ލިޔުންތަކެއް އެޑްރެސް ކުރަން ޖެހެނީ އުއްތަމަ ފަނޑިޔާރަށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް ސަސްޕެންޑު ކުރުމުން އެކޯޓަށް ފޮނުވާ ލިޔުންތައް އެޑްރެސް ކުރަމުން އައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އެކޯޓަށް ފޮނުވާ ސިޓީތަކާއި އެހެނިހެން ލިޔުންތައް ވެސް އެޑްރެސް ކުރަން ޖެހޭނީ ކުރިއެކޭ ވެސް އެއްގޮތަށް އުއްތަމަ ފަނޑިޔާރަށް ކަމަށެވެ.
މިއަދު އޮންލައިން