ބޭރުގެ ކުންފުނިތަކާ މަސައްކަތްތައް ޙަވާލުކުރަނީ ޤާބިލު ދިވެހި ކުންފުނިތައް ނެތިގެނެއް ނޫން- އަވަސްކުރަން: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބޭރުގެ ކުންފުނިތަކާ މަސައްކަތްތައް ޙަވާލުކުރަނީ ޤާބިލު ދިވެހި ކުންފުނިތައް ނެތިގެނެއް ނޫން- އަވަސްކުރަން: ރައީސް ޔާމީން

ބޭރުގެ ކުންފުނިތަކާ މަސައްކަތްތައް ޙަވާލުކުރަނީ އެ މަޝްރޫއުތައް ހިންގާނެ ޤާބިލު ދިވެހި ކުންފުނިތައް ނެތިގެން ނޫން ކަމަށާއި މަޝްރޫއުތައް އަވަސްކުރަން ބޭނުންފުޅުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިއަދު ރައީސް ޔާމީން ވިދާޅުވީ ޒުވާނުން މިއަދު ެއެންމެ ބޮޑަށް ބޭނުންވަނީ ފުޓްސެލް ދަނޑުތައް އަޅައިދިނުން ފަދަ ކަންކަން ކަމަށެވެ. ސަރުކާރުން އަޅަން ހަވާލުކުރި ގިނަ އަދަދެއްގެ ފުޓްސެލް ދަނޑުތައް ނުނިމި ލަސްވެފައިވަނީ ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްނުދީގެން ނޫން ކަމަށާއި އެގޮތަށް ލަސްވެފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައްވެސް އަލުން ފަށައިގެން ހިންގަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރައީސް ޔާމީން ވަނީ މިސަރުކާރުން މުޅި ރާއްޖޭގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގައި ރައްޔިތުން ބޭނުންވެގެން ތިބި ގިނަ ޚިދުމަތްތަކެއް މިހާރުވެސް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން މިލަންދޫއަކީވެސް އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވާ އެއް ރަށް ކަމަށެވެ.
މިއަދު އޮންލައިން