ޖީޖީ ހޮސްޕިޓަލުގަ ދިވެހި ކުއްޖެއްގެ ބަލިފައި އޮޕަރޭޝަން ނުކޮށް ގަދަފައި އޮޕަރޭޝަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޖީޖީ ހޮސްޕިޓަލުގަ ދިވެހި ކުއްޖެއްގެ ބަލިފައި އޮޕަރޭޝަން ނުކޮށް ގަދަފައި އޮޕަރޭޝަންކޮށްފި

ޓްރިވެންޑްރަމުގެ ޖީޖީގެ ހޮސްޕިޓަލުގެ ކަށީގެ ޚާއްޞަ ޑޮކްޓަރު އެލެކްސް އެބްރަހަމް، ދިވެހި ކުއްޖެއްގެ ބަލިފައި އޮޕަރޭޝަން ނުކޮށް ގަދަފައި އޮޕަރޭޝަންކޮށްފިއެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ތޮއްޑޫ ފިރިހެނަކަށާއި އިންޑިއާ އަންހެނަކަށް ލިބިފައިވާ އުމުރުން 12 އަަހަރުގެ އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކީ ގޭގައި ކޫލެން އުޅުމުގައި ވެއްޓި ފަޔަށް ތަދުވާތީއެވެ. އޮޕަރޭޝަންކުރީ ލިގަމެންޓަކަށް ގެއްލުން ލިބިފައިވާކަމަށް ޓެސްޓްތަކުން ދައްކާ ކަމަށް ބުނެއެވެ.

އޮޕަރޭޝަން ކޮށްފައިވަނީ ރަނގަޅަށްހުރި ފައިކަން އެނގުނީ އިއްޔެ އޮޕަރޭޝަން ކޮށްގެން ނެރުނު ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޕަރޭޝަން ކޮށްފައިވަނީ އާސަންދައިގެ އެހީތެރިކަމާއިއެކުގައެވެ.

މިދެމަފިރިންނަށް ލިބިފައިވަނީ 2 އަންހެންކުދިންނެވެ. އޮޕަރޭޝަންކޮށްފައިވަނީ ހަގު ކުއްޖާގެ ފައެވެ. އާއިލާ ދާދި ފަހަކާއިޖެހެންދެން ދިރިއުޅެމުން އައީ ތޮއްޑޫގައެވެ. ދިރިއުޅުން އިންޑިއާއަށް ބަދަލުކުރީ ފިރިމީހާ ބަލިވުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން ގިނަގިނައިން އިންޑިއާއަށް ދާންޖެހެން ފެށުމުންނެވެ.
މިއަދު އޮންލައިން