ސަރުކާރުގެ ކަންކަން މޮނީޓަރކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށް ޖޭޕީން 203 ފުރުޞަތު ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރުގެ ކަންކަން މޮނީޓަރކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށް ޖޭޕީން 203 ފުރުޞަތު ހުޅުވާލައިފި

ސަރުކާރުގެ ކަންކަން މޮނީޓަރކުރާ ކޮމިޓީތަކަށް ކުރިމަތިލުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން 203 ފުރުޞަތު ހުޅުވާލައިފިއެވެ.

ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން މޮނީތަރ ކުރުމަށް ޖޭޕީން އުފައްދާ ކޮމިޓީތަކުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 10 ދުވަހަށް އޮންނާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ކޮންމެ ކޮމިޓީއެއްގައި 7 މެންބަރުން ތިބޭނެ ކަމަށާއި މުޤައްރިރަކުވެސް ހުންނާނެ ކަމަށެވެ. އަދި މުޤައްރިރު ޕާޓީގެ ކައުންސިލުގައިވެސް ހިމެނިގެންދާނެ ކަމަށެވެ. "މިކޮމިޓީތަކުގެ ބޭނުމަކީ ސަރުކާރުން ކުރާ ކަންކަން ކުރަނީ ޤާނޫނުގެ ތެރެއިންކަން ބެލުން. އަދި ކަމަކާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅަންޖެހޭނަމަ ދުވަހުން ދުވަހަށް ވެސް އެކަން ސަމާލުކަމަށް ގެނެސް ކުރަންޖެހޭ ކަންކަން ކުރުން."
ސަމީރު ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން މޮނިޓަރކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ޤާއިމުކުރާ އެންމެ ފުރިހަމަ ނިޒާމަށް ކަމަށެވެ.

އަދި ބޭނުމަކީ ރައްޔިތުންނަށް ލިބެންޖެހޭ ހައްޤުތައް ވީހައި ފުޅައު ދާއިރާއެއްގައި ޤާނޫނާއި އެއްގޮތަށް ލިބެމުން އަންނަކަން ކަށަވަރުކުރުން ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުންނާއި ވަޒީރުން ކުރައްވަމުން ގެންދަވާ ކަންކަން މި ކޮމިޓީތަކުން ދުވަހުން ދުވަހަށް ބަލަމުން ގެންދާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
މިއަދު އޮންލައިން