"މުސްލިމުންގެ މައްޗަށް ޙުކުމްކުރަން ޣައިރު މުސްލިމް ފަނޑިޔާރުން ގެނައުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
"މުސްލިމުންގެ މައްޗަށް ޙުކުމްކުރަން ޣައިރު މުސްލިމް ފަނޑިޔާރުން ގެނައުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން: ޝައިޚް އިލްޔާސް
މުސްލިމުންގެ މައްޗަށް ޙުކުމް ކުރަން ޣައިރު މުސްލިމް ފަނޑިޔާރުން ގެނައުމަށް ގޮވާލުމަކީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށާއި އަދި މިގޮތަށް ގޮވާލުމަކީ ހިތާމަހުރި ކަމެއްކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚް އިލްޔާސް ހޫސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވެސް ވަނީ މިމޭރުމުން ވިދާޅުވެފައެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ޣައިރު މުސްލިމް ފަނޑިޔާރުންނަށް މުސްލިމުންގެ މައްޗަށް ޙުކުމް ކުރެވޭ ގޮތަށް ދޮރުތައް ހުޅުވާލުމަކީ ހުއްދަ ކަމެއް ނޫން. ބަލަންވާނީ ރަނގަޅު ހެޔޮ ލަފާ މުސްލިމުން ނެރެވޭތޯ. ޣައިރު މުސްލިމުން އެއީ އޮޕްޝަނެއް ނޫން!" ކަމަށެވެ.


މިއަދު އޮންލައިން