ދިވެހިން ކުރިއަށްދާނެ މަގު އިޚްތިޔާރު ކުރާނީ ދިވެހިން- ރައީސް ޔާމީން

ކިޔުމަށް ހޭދަވާނީ 53ސ
ދިވެހިން ކުރިއަށްދާނެ މަގު އިޚްތިޔާރު ކުރާނީ ދިވެހިން- ރައީސް ޔާމީން
ދިވެހިން ކުރިއަށް ދާން ބޭނުންވާ މަގު އިޚްތިޔާރުކޮށް، ރާއްޖޭގެ އުސޫލުތަކުގެ މައްޗަށް ބަސްކިޔާނީ ވެސް ދިވެހިން ކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ނަރުދަމާގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުގައި ބޭރުގެ ނުފޫޒު މިސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައު ރާއްޖެއަށް އެކި ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރުވަނީ ރާއްޖޭގައި ޑިމޮކްރެސީގެ ވަކި އުސޫލުތަކެއް ގެންގުޅޭތީ ކަމަށާއި ދީނީ މިނިވަންކަން މިސަރުކާރުން ދޭން ބޭނުން ނުވާތީ ކަމުގައެވެ.

އެގޮތުން މިސަރުކާރުން ކަންކަން ކުރަނީ ޑިމޮކްރެސީގެ ހަމަތަކާއި ޚިލާފަށް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން މިސަރުކާރުން ދޫނުކުރުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިއަދު އޮންލައިން