މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ރައީސް މާލެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 36ސ
މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ ރައީސް މާލެ ވަޑައިގެންފި
މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅުގައި ށ. ބިލަތްފަހި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައާއި، ށ. ފުނަދޫ އެއާރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ނިމުން ފާހަގަ ކުރުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މީގެއިތުރުން ށ. ކަނޑިތީމުގެ ބަނދަރު ހުޅުވައިދެއްވާ، ށ. މިލަންދޫ ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ރައީސް ޔާމީން ފައްޓަވާ ދެއްވާފައިވެއެވެ.
މިއަދު އޮންލައިން