ސަރުކާރުން އިސްނަގައިގެން ރ. ފައިނުގައި ހަދާ ޑޮމެސްޓިކް އެއާޕޯޓާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހިއްސާކޮށް އެރަށުގެ ބަޔަކު ޓޫރިޒަމް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އާބާދީގައި ގާތްގަނޑަކަށް 500 އެއްހާ މީހުންގެ އޮންނަ ފައިނުގެ 140 މީހެއްގެ ސޮޔާއެކު ތައްޔާރުކުރި އެޕެޓިޝަން ވަނީ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ޔުނިވާސަލް އެންޓަޕްރައިޒަސް އަށް ވެސް ހުށަހަޅަން ނިންމާފައެވެ.
ފައިނު އެއާޕޯޓު ޕްރޮޖެކްޓު ހިންގަނީ ކުރިއަށް އޮތް ތަނުގައި އެކުންފުނިން އެއާޕޯޓް މެދުވެރިކޮސް ދަތުރު ކުރާނެ މީހުންގެ ޓިކެޓަށްވާ ފައިސާ އެޑްވާންސްގެ ގޮތުގަިއ ޔުނިވާސަލް އިން އައިލެންޑް އޭވިއޭޝަނަށް ދީގެންނެވެ.
ފައިނު އެއާޕޯޓު ހެދުމާއި ހިންގުން ވެސް ހަވާލު ކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނާއެވެ.