ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރަކަށް އާދަމް މުޙައްމަދު އައްޔަނު ކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރަކަށް އާދަމް މުޙައްމަދު އައްޔަނު ކޮށްފި
ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރުގެ ގޮތުގައި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުގެ ޤަވާއިދު ބުނާގޮތުން، އެޗެމްބަރުގެ ފަނޑިޔާރު ކަނޑައަޅުއްވާނީ އުއްތަމަ ފަނޑިޔާރެވެ. އަދި މިއީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހަމަޖައްސާ މަޤާމެކެވެ.

ޗެމްބަރުގެ ފަނޑިޔާރަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ހިމެނޭ ވަކީލުންނަށް ޗުއްޓީ ދިނުމާއި އެކޯޓަށް ހުށަހަޅާ މައްސަލަތައް ފެށުމުގެ ކުރިން އެމައްސަލައެއްގައި ހިމެނޭ ފަރާތެއް އުނިކުރުމަށް ނުވަތަ އިތުރު ކުރުމަށް އެދި ހުށަހަޅައިފިނަމަ އެހުށަހެޅުމެއް ބަލައި ގޮތެއް ނިންމުން ހިމެނެއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގައި ހިންގާ ކަފާލާތުގެ މައްސަލަތައް ހުށަހެޅުމުން ބަލައިގަނެ ގޮތެއް ނިންމުމުގެ ބާރު ވެސް ޗެމްބަރު ފަނޑިޔާރަށް ދީފައިވެއެވެ.
މިއަދު އޮންލައިން